ހިތަދޫ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން ހުރި ޒުވާނާއަށެވެ. "އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ސައިކަލު ދުއްވަން ހުރީ 19 އަހަރުގެ ފިރިހެނެކެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ. ޒުވާނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވި ނަމަވެސް ބޭރު ފުށުން އެކި ވަރުގެ ޒަޚަމްތައް އޭނާއަށް ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތަކުން ކިޔާ ދީފައިވެއެވެ.
މިއެކްސިޑެންޓުގައި ސައިކަލަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ކާރުގެ ކުރީކޮޅަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.