Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދަރަނި 3.7 ބިލިއަން ޑޮލަރަށް އަރާފައިވޭ: ފިނޭންސް މިނިސްޓަރ

ފިނޭންސް މިނިސްޓަރ އަމީރް މަޖިލީހުގެ ކޮމިޓީއެއްގައި: ފޮޓޯ - މިހާރު

ދިވެހި ދައުލަތުގެ ދަރަނި 3.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ޖުމުލަ ދަރަނީގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާއަށް އެކަނި ދައްކަން ޖެހޭ ދަރަނި ކަމަށެވެ. އެއީ ޖުމުލަ ދަރަނީގެ 38 އިންސައްތައެވެ.

ޗައިނާއިން ދޭން އެއްބަސްވި ލޯނުގެ ތެރެއިން ދިވެހި ދައުލަތުން 858 މިލިއަން ޑޮލަރު މިހާތަނަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު ތަފްސީލު އަންނަނީ..