Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޖޭއެސްސީ މެމްބަރުކަމުން ސަލީމް ވަކިކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި އަހުމަދު ސަލީމް(ރޭނިސް) އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭއެސްސީ އަށް ފޮނުއްވި ސިޓީއެއްގައި ރޭނިސް ސަލީމް މަގާމުން ވަކިކުރެވިފައިވާ ކަން އަންގާފައިވެއެވެ. ކޮމިޝަނުން ބުނެފައިވަނީ އެ ސިޓީ ހުސްވި މަހުގެ 25 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.

ރޭނިސް ސަލީމް މަގާމަށް އައްޔަން ކުރެއްވީ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން މަގާމު ހުސްވުމާ ގުޅިގެންނެވެ. އޭނާ އެކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކޮށްފައިވަނީ މިއަހަރުގެ ޖުލައި 31 ގައެވެ.

ސަލީމް ވަނީ ކޮމިޝަންގެ މެމްބަރުގެ މަގާމުގައި ހުރެ ރައީސް ޔާމީން ސެޕްޓެމްބަރު މަހު ސުޕްރީމް ކޯޓަށް ހުށައެޅި، ރިޔާސީ އިންތިޚާބު ބާތިލުކުރުމުގެ މައްސަލާގައި ޔާމީން ދިފާއުކޮށް ކޯޓުގައި ވަކާލާތު ކޮށްފައެވެ.