ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެ މެމްބަރުންނަށް ޕާޓީ ޓިކެޓު ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ޕީޕީއެމްއިން ނިންމައިފިއެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ މަޖްލިސް ޓިކެޓު ހަވާލު ކޮށް ދެއްވާނީ ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއެެވެ.
މިއީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ޕާޓީގެ އިސް ފަރާތްތަކާއި މެމްބަރުންނާއި ޔާމީން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރުއެވެ.
ޕީޕީއެމްއިން ވަނީ އެޕާޓީއަށް ވަފާތެރި މެމްބަރުންނަށް ޕްރައިމަރީ އާއި ނުލައި ޓިކެޓު ދޭން ނިންމާފައެވެ.