Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މެމްބަރު ލަތީފާއި ސައުދުވެސް ޖޭޕީގައި!؟

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވެސް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ދެ މެމްބަރުން ޖޭޕީއާއި ގުޅިވަޑައިގެންފައިވާ ކަން މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް، މިއަދު ކުރިއަށްދާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި ދެ މެމްބަރުން ތިއްބެވިއެވެ.

ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގަތް ބިލެތްދޫ ދާއިރާގެ މެމްބަރު އަބްދުﷲ މުބީން ކުރެއްވި ޕޯސްޓެއްގައި ޖޭޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގެ ފޮޓޯއެއް އާންމު ކުރައްވާފައިވާއިރު ސައުދު އަދި ލަތީފްވެސް ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވިއެވެ.

މެމްބަރު ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.