Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަލީ ވަހީދުގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަނީ

މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ފޮޓޯ - އަވަސް

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީ އިން ބަލަމުން އަންނަކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އިން ބަލަމުން އަންނަނީ އަލީ ވަހީދު ޑީއާރްޕީގައި ހުރުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގަތް އިރު ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ މައްސަލަ އޭސީސީ އިން މީގެ އަހަރުތަކެއް ކުރިން ބަލަން ފަށާފައިވާއިރު އަދިވެސް މައްސަލަ އެއްކޮށް ނުނިމޭ ކަމަށާއި މައްސަލަ މިހާރުވެސް ބަލަމުން އަންނަ ކަމަށް "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އަލީ ވަހީދުގެ އިތުރުން ހައުސިން މިނިސްޓަރ އާތިފާ ޝުކޫރުގެ ކޮރަޕްޝަނުގެ މައްސަލައެއް ވެސް އޭސީސީ އިން އަންނަނީ ބަލަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓަށް ރުހުން ދިނުމަށް ކޮމިޓީ އިން މިއަދު ވަނީ ފާސްކޮށްފައެވެ.