Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ނުހައްގުން ވަޒީފާއިން ވަކިކުރި މައްސަލަތައް ހުށަހަޅަން ހުޅުވާލައިފި

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށް ނުވަތަ ނުހައްގު ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެފަދަ ޝަކުވާތައް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމު ރައީސު އޮފީހުން ތަޢާރަފު ކޮށްފައިވާ ކަމަށާއި ފޯމުތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންޞާފު ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޓީއެއް އުފައްދަވައި، އެކޮމިޓީއާ އެ މަސައްކަތް ހަވާލުކުރައްވާފައެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓް ލިންކް presidency.gov.mv/downloads އިން ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.