ނޭޝަނަލް ސްޕޯޓްސް ކައުންސިލަށް މަޝްހޫރު ގާނޫނީ ވަކީލު ހުސެއިން ޝަމީމް އައްޔަންކޮށްފިއެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން ޝަމީމް އައްޔަން ކޮށްފައިވަނީ ކައުންސިލްގެ ވަކީލެއްގެ މަގާމަށް ކަމަށެވެ. ކައުންސިލްގެ އެއް ގޮނޑި އަކީ ވަކީލަކަށް ހަމަޖެހިފައިވާ ގޮނޑިއެކެވެ.
މަހްލޫފް ވަނީ މިނިސްޓަރު ކަމަށް ވަޑައިގެން ކުޅިވަރުގެ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން މަހްލޫފް ވަނީ ސައުތް އޭޝިއަން ޔޫތް ސަމިޓް ވެސް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.