Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ނިމިގެން ދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން: ޔާމީން

ނިމިގެން ދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫންކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްް ފަހު ގިނަ ދުވަސްތަކެއްވަންދެން މީޑިއާގައި ދުރުގައި ހުންނެވުމަށްފަހު މިރޭ ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލް ކުރެވެން ނެތްކަމަށެވެ.

ޔާމީން ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލް ކުރަން ދަތި ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތުގައި ސުވާލު އުފެދޭ އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ.

އިންތިޚާބުން ބޮޑު ތަފާތަކުން ޔާމީން ބަލިވުމުން އެމަނިކުފާނު ވަނީ އިންތިޚާބު ސައްހަ ނޫން ކަމަށް ބުނެ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކުރަން ޖެހޭ ފަދަ ހެއްކެއް ހުށައެޅިފައިނުވާ ކަމަށް ބުނެ ބާތިލުނުކުރެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

ރައީސް ކަމުގެ ފަހު ދުވަސްކޮޅު ޔާމީން ވަނީ އެމަނިކުފާނަކީ ފަސޭހައިން ބަލި ގަބޫލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.