Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އާ ޕާޓީއެެއް އުފައްދަން ޖެހިދާނެ: ޔާމީން

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންތައްތައް ދާ ގޮތުން ސިޔާސީ ޕާޓީއެއް އުފައްދަން ޖެހިއްޖެނަމަ ޕާޓީއެއް އުފައްދާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފިއެވެ.

ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމް މެމްބަރުންނަށް މަޖްލިސް ޓިކެޓު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އާ ޕާޓީއަށް އުފައްދަން ޖެހިއްޖެނަމަ އެކަން ކުރައްވާނެކަމަށާއި، ނަމަވެސް މިހާރު މިއީ އެވަގުތެއް ނޫންކަމަށެވެ.

ޔާމީން ވިދާޅުވީ އެޕާޓީގެ މުސްތަގުބަލާއި ގުޅޭ ގޮތުން ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.

"ދެން މިހާރުވެސް ޕާޓީގެ މިލްކުވެރިކަމާ ދޭތެރޭގައި އަނެއްކާވެސް ސުވާލު އުފެދެންޏާ ހަމަގައިމުވެސް އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ ސުވާލު ނުއުފައްދަވާށޭ. މި ޕާޓީ އަކީ އަޅުގަނޑުމެން އުފެއްދި ޕާޓީއެކޭ. މި ޕާޓީގައި މި މަސައްކަތް ކުރަނީ އަޅުގަނޑުމެން. އަދި މިރޭ، މި ޓިކެޓް އެރުވުނީ ވެސް ރައީސް ޔާމީންގެ ފަރާތުން އަރުވާ ޓިކެޓެއް.. އެހެން ނަމަވެސް ރާއްޖޭގެ ކަންތައްތައް ދާ ގޮތުން ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ. އާ ޕާޓީއެއް ވެސް އުފައްދަން ޖެހިދާނެ. އެއީ މި ޓިކެޓަށް ބަދަލު އަންނާނެ ހާލަތަކީ،"

ޔާމީން ވިދާޅުވީ ޕާޓީގެ ކޮންގްރެސް އަކީ ސައްހަ ކޮންގްރެސްއެެއް ކަމަށް ހައިކޯޓުން ބަލައިގެންފައިވާ ކަމަށާއި، ޕާޓީއަކީ ވަކި ބައެއްގެ އެއްޗެއް ނޫންކަމަށެވެ. އަދި އެޕާޓީއަކީ އެމަނިކުފާންވެސް ހިމެނިވަޑައިގެން އުފެއްދެވި ޕާޓީއެއް ކަމަށެވެ.