Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެޗްއައިވީއަށް ޕޮޒިޓިވް ދެ ބިދޭސީއަކު ރާއްޖޭގައި ފިލައިގެން އެބަ އުޅޭ: ރީކޯ

އެޗްއައިވީއަށް ޕޮޒިޓިވް ދެ ބިދޭސީއަކު ރާއްޖޭގައި ފިލައިގެން އުޅޭކަމަށް ހުޅު-ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ބިލް ހުށަހަޅުއްވަމުން މޫސަ ވިދާޅުވީ އޭނާގެ ކުންފުންޏަކުން ރާއްޖެ ގެނައި ތިން ބިދޭސީއަކު އެޗްއައިވީއަށް ޕޮޒިޓިވް ވެގެން ރާއްޖެއިން ފޮނުވާލުމަށް އިމިގްރޭޝަނަށް ގެންގޮސްފައި ވަނިކޮށް އޭގެ ތެރެއިން ދެ ބިދޭސީއަކު ފިލާފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ މިއީ ދިވެހިންނަށް ވަރަށް ބޮޑަށް ނުރައްކާ ހުރިކަމެއް ކަމަށެވެ. އަދި މިހާރު އިމިގްރޭޝަން ގާނޫނު އޮތް ގޮތުން މިގޮތަށް ފިލައިގެން އުޅޭ ބިދޭސީ ހޯދައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނަ ކަމަށާއި ހުރިހާ ބާރެއް މިހާރު ލިބެނީ އިމިގްރޭޝަނަށް ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރިސޯޓު ހެދުން ފަދަ ބޮޑެތި މަޝްރޫއުތަކަށް ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގެންގޮސް މަސައްކަތް ކުރުވާ ކަމަށާއި ބިދޭސީންނާއި ދޭތެރޭ އެކުންފުނި ތަކުން އަަމަލު ކުރަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.

އިމިގްރޭޝަން ގާނޫނަށް މޫސަ ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ބިދޭސީއަކު ފިލައިފިނަމަ ފިލި ބިދޭސީ މީހާ އާއި އޭނާ ފިލުމަށް އެހީތެރިވި މީހާއަށް އެއް އަހަރަށް ޖަލަށްލުމާއި އެކު ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ މުއްދަތަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.