Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

އެމްސީ ހަމީދު އޭސީޕީ އަކަށް!

ފުލުހުންގެ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ކުރީގެ ފުލުހުންގެ އިންޓަލިޖެންސްގެ. ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު)، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓުކޮށްފިއެވެ.

2012 ވަނަ އަހަރު ފުލުހުންގެ އިންޓަލިޖެންސް މައުލޫމާތުތަކެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކި ކުރި ހަމީދަށް މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ އޭނާ އަދާކުރަމުން ދިޔަ ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.

އެމްސީ ހަމީދު ވަޒީފާއިން ވަކި ކުރެއްވި އިރު ހުންނެވީ ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައެވެ.

ފުލުހުންގެ ހިދްމަތާއި އަލުން މިއަދު އެމްސީ ހަމީދު ގުޅިވަޑައިގަތުމުން ޕްރޮމޯޝަނާއި އެކު އަނެއްކާވެސް ވަނީ ފުލުހުންގެ އިންޓަލިޖެންސްގެ އިސް މަގާމު ދެއްވާފައެވެ.

ހަމީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދެ ޅިޔަނުންނެވެ. ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދާއި ރައީސް ސޯލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ.