ޕެޓްރޯލާއި ޑީސަލް ވިއްކާ ޝެޑްތައް 24 ގަޑިިއިރު ހުޅުވައި ހިދްމަތްދޭ ގޮތަށް ހަދައިފިއެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާސް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، މިއަދުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ސައުވީސް ގަޑި އިރަށް ހުޅުވާފައި ބެހެއްޓިދާނެ އެވެ. އަދި އެގޮތަށް ހުޅުވިފައި ބެހެއްޓޭނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް އިސްލާހުގައިވެއެވެ.
ކުރީގެ ގަވާއިދުގައިވާ ގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ފެށިގެން އެންމެ ލަސްވެގެން މެންދަމު 12 ޖަހަން ދެންނެވެ.