ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ މިނިސްޓްރީއަކަށް ހަތަރު ނައިބުން އަދި ތިން މިނިސްޓްރީއަކަށް ސްޓޭޓު މިނިސްޓަރުން ހަމަޖައްސަވައިފިއެެވެ.
ސްޓޭޓު މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުން:
– ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް ޒުހުރުﷲ ސިޔާދު (ގ. ބަހާރީގެ)
– ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް މުހައްމަދު އާޒިމް (ގ. މަތިހުރާ)
– ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރުގެ ނައިބަކަށް ޚާލިސް ޝަރީފް (ޏ. ފުވައްމުލަކު ދިގުވާނޑު، ސަވާ)
– ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު މިނިސްޓަރުގެ ނައިބަކަށް މުހައްމަދު އަޒްމީލް (މ. ޔުނިކޯން)
މީގެއިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަޤާމަށް ހަމަޖެއްސެވި ހެންވޭރު ސުނާރު ޚަދީޖާ ނަސީމް ވެސް އެމަޤާމަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.
ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުން:
– އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: އަބްދުﷲ ރަޝީދު ހަސަން (ފުވައްމުލަކު މާދަޑު، ވެށި)
– ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: މުހައްމަދު ހާޝިމް (ހއ. ދިއްދޫ، ނައިލޯނުގެ)
– އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: އަބްދުﷲ ނަސީރު (ސ.ހިތަދޫ، ރަށްދެބައިގެ)
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.