Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ނަޝީދު މަޖިލީހަށް ވާދަކުރައްވާކަން އިއްލާން ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މައްޗަނގޮޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

މިރޭ އެމްޑީޕީން ބޭއްވި ޚާއްސަ ކަންމަތީ ބައްދަލުވުމެއްގައި ނަޝީދު މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާން ކޮށްފައިވާއިރު އެ ބައްދަލުވުމުގައި ރައީސް އިބޫ އަދި ޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެމްޑީޕީ އުފައްދެވުމަށް ފަހު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވާދަކުރައްވަން އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ވަނީ 1999 ވަނަ އަހަރު މާލެ ދާއިރާއަށް އިންތިޚާބުވެ މަޖިލީހުގައި މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ވެލާނާގެ އިން ވައްކަން ކުރިކަމުގެ ތުހުމަތާއެކު ނަޝީދަށް މަޖިލިސް ގޮނޑި ދޫކޮށްލައްވަން މަޖުބޫރުވިއެވެ.

މައްޗަނގޮޅި މެދު ދާއިރާއަކީ އަލަށް އުފައްދާފައިވާ ދާއިރާއެކެވެ. އަދި އެއްވެސް ބޭފުޅަކު މި ދާއިރާ އަށް ވާދަކުރައްވާނެކަން އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަލަށް އުފެއްދި ދެވަނަ ދާއިރާ، ހެންވޭރު ހުޅަނގަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވާދަކުރައްވަން ނިންމަވާފައެވެ.

މި ދެދާއިރާއާއެކު މާލެ ތަމްސީލު ކުރައްވާ 15 މެމްބަރުން މަޖިލީހުގައި ތިއްބަވާނެއެވެ.