ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ.
ފައިސަލް މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތަކީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، އެ މުޢައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި ދިމާވާ ދަތިތަށް އޮޅުންފިލުއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.
ނައިބު ރައީސް ފައިސަލްގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވެސް މި ޒިޔާރަތުގައި ބައިވެރިވެރިވެވަޑައިގެންނެވިއެވެ.
ކ. ގުރައިދުއަށް ކުރެއްވި މި ޒިޔާރަތުގައި ފައިސަލް ވަނީ އެ ރަށު ކައުންސިލަށް ޒިޔާރަތް ކުރައްވައި، ކައުންސިލް މެންބަރުންނާވެސް ބައްދަލު ކުރައްވާފައެވެ.