މާލޭ އަށް ވާރޭ ވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްއިން އެކި ސަރަހައްދު ތަކުގައި ޕަމްޕު ޖަހައި ފެން ހިއްކުމުގެ މަސައްްކަތް ފަށައިފިއެވެ.
މިއަދު ހެނދުނު 10 އިން ފެށިގެން މެންދުރު 1 ޖެހުމާއި ހަމައަށް މާލެއަށް 44 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
Male' City ah Kuramundhaa Vihsaaraigai MNDF in Kuramundhaa Masahkathuge Therein pic.twitter.com/7YIX6yBahZ
— MNDF (@MNDF_Official) December 5, 2018
މި ވިއްސާރާގައި މާލޭގެ މަގުތަކުގައިވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ފެން ހިއްކުމުގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މާލޭގައި ފެން ބޮޑުވެފައިވާ ސަރަހައްދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ވަޑައިގެން ބައްލަވާ ލައްވާފައެވެ.
ފެން ބޮޑުވުމުގެ ސަބަބުން ދެ ގެޔަކުން މީހުން ބަދަލުކޮށްފައިވާ އިރު ބައެއް ތަންތަނަށް ފެން ވަނީ ވަދެފައެވެ. އެމްއެެންޑީއެފްއިން ވަނީ ފެންވަދެ ގެއްލުން ލިބޭ ފަރާތްތަކުން އެމްއެންޑީއެފްގެ ހިލޭގުޅޭ ނަންބަރު 118 ގުޅައި މައުލޫމާތު ދިނުމަށް އެދިފައެވެ.
މީގެ އިތުރުން ފެން ބޮޑުވުމާއި ގުޅިގެން މަގު މަތީ ޕާކުކޮށްފައި ހުރި ވެހިކަލްތައް އޮޔާދާތީ ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.