މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ ހަމްދަރުދީ ފޮނުއްވައިފިއެވެ.
މާލެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް ސޯބެ ހަމްދަރުދީ ދަންނަވާފައިވަނީ މާލެ ސިޓީ މޭޔަރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސޯބެ ވިދާޅުވީ މާލެއަށް ބޯކޮށް ވާރެވެހުމާ ގުޅިގެން އެކި ގޮތްގޮތަށް ގެއްލުން ލިބުނު އާއިލާތަކަށް އައްޑޫ ރައްޔިތުންގެ ނަމުގައި އަދި އަމިއްލަ ނަމުގައި ހަމްދަރުދީ ދަންނަވާ ކަމަށެވެ.
މިއަދު ހެނދުނު 10 އިން ފެށިގެން މެންދުރު 1 ޖެހުމާއި ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.