Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ފެން ހިންދުމަށް އެލިއާއިން ނުވަ ޕަމްޕް ހަދިޔާކޮށްފި

މާލެ ސިޓީއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފެން ހިއްކަން ބޭނުންކުރާ ޕަމްޕްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ.

އެގޮތުން އެލިއާ އިން ވަނީ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް އަށް ފަސް ސަބްމާސިބަލް ޕަމްޕާއި ހަތަރު ޑީސެލް ޕަމްޕު ހަދިޔާކޮށްފަ އެވެ. އެ ޕަމްޕްތަކާއި އެމްއެންޑީއެފްގެ ފަރާތުން މިރޭ ހަވާލުވެލެއްވީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޢަލީ ސަލީމެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް މާލެއަށް ވަނީ 140 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.