Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭ ފެން ހިންދާލެވޭނެ: އެމްއެންޑީއެފް

މާލެއަށް މިއަދު ހެނދުނު ކުރި ވިއްސާރާގައި ބޮޑުވި ފެންގަޑު ކުރިއަށް އޮތް ދެގަޑިއިރު ތެރޭގައި ހިންދާލެވޭނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ފެން ހިންދުމުގެ މަސައްކަތާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން ބުނީ ކުރިއަށް ދެ ގަޑިއިރު ތެރޭ ފެން ހިއްދާލެވޭނެ ކަމަށާއި ނަމަވެސް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެެންޑީއެފްއިން ބުނީ މިރޭވެސް މޫސުން ގޯސްވެ ވާރޭ ވެހޭނެކަމަށް މެޓުން ބުނެފައިވާތީ ތައްޔާރީ ހާލަތަށް ކަންކަން ގެނެސްފައިވާ ކަމަށެވެ.

މާލޭއަށް މިއަދު ކުރި ވިއްސާރާގައި ބޮޑުވެފައިވާ ފެންގަޑު ހިންދާލުމުގެ މަސައްކަތަށް އެލިއާގެ ފަރާތުން ނުވަ ޕަމްޕު ހަދިޔާކޮށްފައިވާ އިރު މިރޭ އަމީންގެ ފަރާތުން އިތުރު ޕަމްޕުތަކެއް ލިބޭނެކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިންނަށް އުރީދޫގެ ފަރާތުން 50 ގަންބޫޓު ހަދިޔާކޮށްފައިވާ ކަމަށް އެމްޑީއެފްއިން ބުންޏެވެ.

ވިއްސާރައިގެ ސަބަބުން 160 އަށް ވުރެ ގިނަ އާއިލާއަށް ގެއްލުން ވެފައިވާ އިރު އެފަރާތްތަކަށް އެމްއެންޑީއެފް އަދި ފުލުހުންނާއި ބައެއް މުވައްސަސާ ތަކުން ގުޅިގެން ދަނީ އެހީތެރިވަމުންނެވެ.