Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ބައުންސް ޗެކެއްގެ މައްސަލާގައި ސަންލޭންޑު ހިލްމީ ހައްޔަރުކޮށްފި

ބައުންސް ޗެކެއްގެ މައްސަލާގައި ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީ، މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލްމީ ހައްޔަރުކޮށް މިހާރު ހުންނެވީ އަތޮޅުވެހީގައެވެ. ހިލްމީ ހައްޔަރުކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ.

2017 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމަށް ދެ މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހިލްމީގެ މައްޗަށް ހުކުމެއްކޮށްފައިވެއެވެ. ހިލްމީވަނީ އެ ފައިސާ މަހުން މަހަށް ބަހައިގެން އެއަހަރު ޖުލައި މަހާއި ހަމައަށް ހަލާސް ކުރާނެކަމަށް ކޯޓުގައި އެއްބަސްވެފައެވެ. އެ އެއްބަސްވުމާއި އެއްގޮތަށް ހިލްމީ ފައިސާ ދެއްކެވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.