Last Updated: June 7, 09:51
Sunday, June 7, 2026
ޚަބަރު

ފުވާދު ތައުފީޤް މަޖިލީހަށް ކުރިމަތިލައްވަނީ

ފުވާދު ތައުފީޤް. ފޮޓޯ: ގޫގުލް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީޤް 2019 ވަނަ އަހަރަށް މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އެ ބޭފުޅާ ކުރައްވާފައިވާ ޓްވިޓެއްގައިވަނީ ހާމަކުރައްވާފައެވެ.

"އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލިސްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްދުކުރާތީވެ، އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދެންނެވީމެވެ." ފުވާދު ވިދާޅުވިއެވެ.