Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ހެލްތު މިނިސްޓަރ މިއަދު މެންދުރު އައްޑޫއަށް ވަޑައިގަންނަވަނީ

އައްޑޫގެ ސިއްހީ ހާލަތު އަމިއްލަ ލޮލުން ދެކިލުމަށް ރައީސް ސޯލިހުގެ ސަރުކާރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިއަދު މެންދުރު އައްޑޫއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު އައްޑޫއަށް ވަޑައިގެން އައްޑޫގެ ސިއްހީ ފަރުވާދޭ ތަންތަނަށް ވަޑައިގެން ހާލު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންކަމާއި ގުޅޭ ގޮތުން އިއްޔެ ހެލްތު މިނިސްޓަރީގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން އަމީން ވިދާޅުވީ އައްޑޫ އަދި ކުޅުދުއްފުށީގައި މި ސަރުކާރުން ޓާޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރާނެކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރ އަމީން ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ސިއްހީ މަރުކަޒަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހިތަދޫ ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ ހޮސްޕިޓަލް ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.