Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

"ގައުމީ ވިންދު"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި

"ގައުމީ ވިންދު"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް
ކޮމިޝަނުން ދީފި އެވެ.

ގައުމީ ވިންދު ޕާޓީ ހެދުމުގެ ހުއްދަ ދީފައިވަނީ ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮންނަ މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު)އަށެވެ.

އިތުރު ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަނުން ދިން އިރު ދާދި ފަހުން މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް (އެމްޓީޑީ)ގެ ނަމުގައިވެސް ސިިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވަނީ ދީފައެވެ. އެޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ޕާޓީ އާއި އެންމެ ފުރަތަމަ ގުޅިފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 6 ޕާޓީއެއް އެބަ އޮތެވެ. އެއީ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީއާއި، ޑީއާރުޕީއާއި،
އެމްޑީއޭގެ އިތުރުން ޕީޕީއެމް އެވެ.