ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އައްޑޫއަށް ވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުައްދަތަށް ކުރައްވާ ދަތުރުފުޅުގައި އަމީން އައްޑޫއަށް ވަޑައިގަތުމުން ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން މަރުހަބާ ދެންނެވީ އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފްއެވެ.
މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅު ތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އަމީން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ބައްލަވާ ލައްވާނެއެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރުގައި ހަދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މާދަމާ މިނިސްޓަރު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.