Last Updated: April 25, 08:39
Thursday, April 25, 2024
ޚަބަރު

ސަފީރުންގެ ގޮތުގައި އަށް ބޭފުޅަކު އައްޔަން ކުރަނީ

ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި އަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޖްލިސްއަށް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މަޖްލިސްގެ ރުހުން ހޯދުމަށް ފޮނުއްވި ބޭފުޅުންގެ ތެރޭގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމަށް ފޮނުއްވި ފަރާތުގެ ނަންވެސް ހިމެނެއެވެ.

އެ ބޭފުޅުންނަކީ:

1- ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، މ. ނޫހިރި

2- ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، ގ. ފިޔާތޮށިގެ

3- އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ހ. ދޫރިހާ

4- ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ހ. ހިކިފިނިފެންމާގެ

5- ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، (ނަންބަރު 4336)

6- ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، ހ. ސީވީޑް

7- އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް، ހ. އަމީނީގެ

8- މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ، ހ. އާޒާދެވާދީ

މީގެ ތެރެއިން ބަރްސަލްސްއަށް ކަނޑައަޅުއްވާ ހަސަން ސޯބިރަކީ ރައީސް މައުމޫން ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސިންގަޕޫރަށް ކަނޑައަޅުއްވާ ޑރ. މައުސޫމަކީ މައުމޫންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވައި މިހާރު ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރެވެ.

ޖަރުމަނު ސަފީރަކަށް އައްޔަން ކުރައްވަން ނަން ފޮނުއްވާފައިވާ އަހުމަދު ލަޠީފަކީ މި ސަރުކާރު ބަދަލު ކުރުމުގައި އިންތިގާލީ ސެކްރެޓަރީ ޖެނެރަލްއެވެ.