Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

ނުވަ ބޭފުޅަކަށް ސްޓޭޓު މިނިސްޓަރުކަން ދެއްވައިފި

ރައީސު އިބްރާހިމް މުޙައްމަދު ޞާލިޙް، ނުވަ މިނިސްޓްރީއަކަށް ސްޓޭޓު މިނިސްޓަރުން އައްޔަން ކުރައްވައިފިއެވެ.

ސްޓޭޓު މިނިސްޓަރުކަން ދެއްވި ބޭފުޅުން:

1- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް، ގަލޮޅު ޗާންދަނީމާގެ، ޙަސަން ޝުޖާޢު

2- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، މައްޗަންގޮޅި ފްލޯރިފަރ، އިސްމާޢިލް ޢަލީމަނިކު

3- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ހެންވޭރު ކީރަންމާގެ، މުޙައްމަދު ޢަލީ

4- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ، އާޒާދީގެ ޢަލީ ޞާލިޙު

5- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ކޮޅުމަޑުލު ތިމަރަފުށީ އޯކިޑްމާގެ، އަޙްމަދު ރިޔާޟް

6- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ދަފްތަރު ނަންބަރު 4742، މުޙައްމަދު އަޙްމަދު

7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ މަޤާމަށް، ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދު

8- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް، މާފަންނު ފަޅުމަތީގެ، އަސްހަދު ޢަލީ

9- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ގަލޮޅު އޯޑެންސް ފަޒްނާ ޝާކިރެވެ.

ރައީސުލްޖުމްހޫރިއްޔާ މި 9 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.