Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ހޯމް މިނިސްޓަރ ބައްލަވާލައްވައިފި

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި "ބްލޫސް ހައުސިން ސްކީމް"ގެ ދަށުން ހުޅުމާލޭގައި ޤާއިމް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ މިއަދު ބައްލަވާލައްވައިފި އެވެ.

ފްލެޓްތައް ބައްލަވާލައްވަން އިމްރާން ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ "ބްލޫސް ހައުސިން ސްކީމް"ގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ. މި އަހަރުގެ މެދުތެރޭގައި އެ މަޝްރޫޢުގެ މަސައްކަތް ނިމި، ފްލެޓްތަކުގައި ދިރިއުޅެން ފެށޭނެ ކަމަށް ފުލުސް އޮފީހުން މީގެ ކުރިން ބުނެފައިވީ ނަމަވެސް، މިހާތަނަށް އެ މަޝްރޫޢުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.