Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ޕްރައިމަރީ ނެތި އިތުރު 18 ދާއިރާއަކަށް ޕީޕީއެމްއިން ޓިކެޓު ދީފި

ޕީޕީއެމް ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރާއި އެމަނިކުފާން ސަލާމް ކުރައްވަނީ، ފޮޓޯ: މިހާރު

ޕްރައިމަރީ ބޭއްވުމެއް ނެތި އިތުރު 18 ދާއިރާއަކަށް ވާދަކުރުމަށް ޕީޕީއެމް އަނެއްކާވެސް ޓިކެޓު ދީފިއެވެ.

ކުރީގެ ވަޒީރުން ހިމެނޭ ގޮތަށް 18 ދާއިރާއަކަށް ކުރިމަތިލުމަށް ޓިކެޓު ދޭން ނިންމިކަން އިއްލާން ކުރެއްވީ މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއެވެ.

ޓިކެޓް ހަވާލުކުރި ބޭފުޅުން:

– ނ. ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު
– ފ. ބިލެތްދޫ ދާއިރާއަށް އަހުމަދު ޝަފީގު
– ތ ގުރައިދޫ ދާއިރާއަށް މުހައްމަދު ގައްސާން މައުމޫން
– ތ. ތިމަރަފުށީ ދާއިރާއަށް އިބްރާހިމް ސަމާހު
– ގދ. ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ޒުހޫރު
– ފުވަމުލަކު ސިޓީ މެދުދާއިރާއަށް ހަސަން ހާލިދު
– އައްޑޫ ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް
– އައްޑޫ ހިތަދޫ ދެކުނު ދާއިރާއާށް މުހައްމަދު ލަތީފް
– މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު
– ހުޅުމާލެ ދާއިރާއަށް އިބްރާހިމް ފައިސަލް
– ހެންވޭރު އުތުރު ދާއިރާއާށް ޑރ. މުހައްމަދު ޝައިނީ
– ހިންނަވަރު ދާއިރާއަށް ނާޒިމް އިބްރާހިމް
– މަތިވެރި ދާއިރާއަށް ލަޔާލް މަނިކް
– ބިލެއްދޫ ދާއިރާއަށް އަހުމަދު ޝަފީއު
– ތޮއްޑޫ ދާއިރާއަށް މުހައްމަދު މަބްރޫކް
– ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު، ކާނަލް ނަޝީދު
– ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވީން ސަލީމް

މީގެ އިތުރުން މިމަހުގެ 3 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ޕީޕީއެމްގައި މިހާރު ތިއްބެވި 24 މަޖްލިސް މެމްބަރުންނަށް ޕްރައިމަރީ އާއި ނުލައި ޓިކެޓު ހަވާލުކޮށްފައެވެ.

މަޖްލިސްގެ 87 ދާއިރާގެ ތެރެއިން މިހާތަނަށް 42 ދާއިރާއަށް މެމްބަރުން ނެރުމަށް ވަނީ ޕާޓީ ޓިކެޓު ހަވާލުކޮށްފައެވެ. ބާކީ 45 ދާއިރާއަށް އަދި ޓިކެޓު ހަވާލުކޮށްފައި ނުވެއެވެ.

ތަފްސީލް އަންނަނީ..