Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޒާހިދު ރަމީޒު ހިތަދޫ މެދަށް، ލަޠީފު ހިތަދޫ ދެކުނަށް، ޓިކެޓު ހަވާލުކޮށްފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ މެދު ދާއިރާގެ ޓިކެޓު ޒާހިދު ރަމީޒަށް އަދި ދެކުނު ދާއިރާގެ ޓިކެޓު މުހައްމަދު ލަޠީފު އަށް ރައިސް ޔާމީން އަރުވައިފިއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާގައި ޕާޓީ ޓިކެޓު ޒާހިދު ރަމީޒު އާއި މުހައްމަދު ލަޠީފު އާއި ވަނީ ހަވާލުކޮށްފައެވެ.

ރައީސް ޔާމީނާއި އަރިސް ޒާހިދު ރަމީޒަކީ ނިއުޕޯޓު ކުންފުނީގެ ކުރީގެ އެމްޑީއެވެ. އެކުންފުންޏަށް ދައުލަތުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ދީފައިވާ ކަމުގެ ލިޔުންތަކެއްް ދާދި ފަހުން ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވެއެވެ. މި ލިއުންތައް ލީކު ވުމާއި އެކު ޒާހިދު ކުންފުނިން އިސްތިއުފާ ދިނެވެ.

މީގެ އިތުރުން ދެކުނު ދާއިރާގެ ޓިކެޓު ދިން މުހައްމަދު ލަޠީފަކީ ނިމިގެން ދިޔަ ރައީސް ޔާމީން ސަރުކާރުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އެމްޑީއެވެ. 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި މުހައްމަދު ލަޠީފު ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކޮށް ބަލިވީ 188 ވޯޓު ލިބިގެންނެވެ. އެދާއިރާ ހިޔަލީ ކާމިޔާބު ކުރީ 363 ވޯޓުންނެވެ. އެފަހަރުގެ ޕްރައިމަރީގައި މެޓްރިކްސް މޯޑުއަށް ލިބުނީ 122 ވޯޓެވެ