ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރެވޭނެކަން ޔަގީން ކުރެވޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު، އައިޝާ ނަހުލާ ވިދާޅުވެއްޖެއެވެ.
ސިވިލް އޭވިއޭޝަން ދުވަހާއި ގުޅިގެން މިއަދު ނެރުނު ބާޔާނެއްްގައި އައިޝާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަޑިތަކުގެ ތެރޭގައި އެތެރޭގެ އުދުހުން ތައް އަގުހެޔޮ ކުރުމާއި، ދަތުރުފަތުރުގެ ނިޒާމާއި ގުޅޭ ބައެއް ވައުދުތައް ފުއްދޭނެކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު އަތްފޯރާފަށައް ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
28 ޖުލައި 2018 ވަނަ ދުވަހު ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެތެެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް ބޮޑު ކަމަށެވެ. އެގޮތުން މާލެއިން އައްޑޫއަށް ކުރާ ވައިގެ ދަތުރުތަކުގެ އަގު މާލެއިން އަވަށްޓެރި ސްރީލަންކާއަށް ދިއުމަށްވުރެ ބޮޑު ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ތިރި ކުރާއިރު ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ފްލައިމީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަކީ ޓްރާންސްޕޯޓު މިނިސްޓަރެވެ.