ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝައިނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގިނަ ދުވަސްތަކަކަށްފަހު އަދީބު އާއި މިއަދު ބައްދަލުކުރައްވައި، "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅޭގޮތުން އަދީބު ދެއްކެވި ވާހަކަތައް ޤަބޫލުފުޅުކުރެއްވޭ ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.
After a long time I just met @Ahmed_Adeeb to clarify who tried killing me in the launch blast. His version is very plausible.
— Mohamed Shainee (@mshainee) December 7, 2018
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ދެކަނބަލުން ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ތިއްބަވަނިކޮށް އޭގައި އައިއީޑީއެއް ގޮއްވާލި ކަމުގެ ތުހުމަތުކޮށް އަދީބުގެ މައްޗަށް ސާބިތުވެ، ޙުކުމްވެސް ވަނީ އިއްވާފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އަދީބު ވިދާޅުވީ ލޯންޗްކޮޅު ގޮއްވާލާފައި ވަނީ ސަރުކާރުން އޭނާ ބޭރުކޮށްލުމުގެ ބޭނުމުގައި ރައީސް ޔާމީން ކަމަށެވެ.