Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

މާލެއަށް ކުރި ވިއްސާރައިގައި 210 ގެއަކަށް ވަނީ ގެއްލުން ވެފައި:އެންޑީއެމްސީ

މާލެ ސިޓީއަށް މި ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގައި ކުރި ވިއްސާރައިގައި 210 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އޮފް މޯލްޑިވްސް(އެންޑީއެމްސީ) އިން ބުނެފިއެވެ.

ގެއްލުން ވެފައިވާ 210 ގެތަކުގެ ތެރެއިން 130 ގެއެއްގެ އެސެސްމަންޓް ރިޕޯޓު ހަދާ ނިންމާލެވިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އިން ބުންޏެވެ.

އަދި ބާކީ ހުރި 79 ގެއަކަށް އެސެސްމަންޓް ރިޕޯޓުތައް ހޮނިހިރު ދުވަހު އެއްކޮށް ނިންމާލެވޭނެކަމަށް އެ ސެންޓަރުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ހިފާގެންގުޅޭ އެއްޗިއްސާ ކަރަންޓު ސާމާނު ފަދަ އެއްޗިއްސަށް ވަނީ ގެއްލުން ލިބިފައެވެ.

ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އާންމު ރައްޔިތުން ވަނީ ހަރަކާތްތެރިވެފައެވެ.