Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ނިސްބަތުން އިންޓަނެޓުގެ އަގުބޮޑު، އަހުހެޔޮ ކުރެވޭތޯ މަޝްވަރާ ފަށައިފިން: މަލީހު

އިންޓަނެޓުގެ ހިދްމަތް ނިސްބަތުން ރާއްޖޭގައި ބޮޑު ކަމަށާއި، އިންޓަނެޓުގެ އަގު ހެޔޮކުރެވޭތޯ މަޝްވަރާ ކުރަމުންދާކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ ވަޒީރު ކަމާއި ހަވާލުވެ އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ ރާއްޖޭގެ މުވާސަލާތީ ހިދްމަތް ފޯރުކޮށްދޭ ދެ ކުންފުންޏާއި ކަަމަށެވެ. އަދި އިންޓަނެޓުގެ އަގު ތިރިކުރުމަށް އެފަރާްތްތަކާއި އެކު މަޝްވަރާ ފަށާފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މަސް ނުނިމެނީސް ޑޭޓާ ހުސްވާ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، އެންމެ ބޮޑު އިސްކަމެއްދޭނީ ހަލުވި އިންޓަނެޓު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ރާއްޖޭގެ އިންޓަނެޓުގެ ހިދްމަތުގެ އަގު ސަރަހައްދީ އެހެން ގައުމު ތަކާއި އަޅާ ބަލާއިރު ބޮޑުކަމަށް ބުނެ، އިންޓަނެޓުގެ އަގު ތިރިކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިން ކުރަމުންނެވެ.