Last Updated: June 10, 17:47
Wednesday, June 10, 2026
ޚަބަރު

ޑީކޯވި ދެވަނަ މީހާގެ ހާލު ކުޑަކޮށް ރަނގަޅު: އައިޖީއެމްއެޗް

ވައިފުޅި އަޅައިގެން އެންދަމަން އުޅުމުގެ ތެރޭގައި ޑީކޯވެ ހާލު ދެރަވި ތިނަދޫ މީހާގެ ހާލު ކުޑަކޮށް ރަނގަޅު ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އިއްޔެ ގދ. "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯޓް" ކައިރިޔަށް ތިނަދޫ "ހުޝިޔާރު" ދޯނިން އެންހިފަން ފޭބި ހަތަރު މީހުންގެ ތެރެއިން ޑީކޯވި އެކަކު މަރުވެފައިވާއިރު ހާލު ސީރިއަސްވި އަހުމަދު ޝާކިރު 24، ވަނީ އިއްޔެ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗްއިން ބުނީ އަހުމަދު ޝާކިރުއަށް މިހާރު ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގެ އިމަޖެންސީގައި ކަމަށާއި، ހާލު ކުޑަކޮށް ސްޓޭބްލް ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބިފައިވަނީ ގދ ތިނަދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ރޭ ފަތިހު 5:14 ހާއިރުކަމަށެވެ.

އަދި ރިޕޯޓު ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައިކަމަށެވެ. މިހާދިސާގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ 37 އަހަރުގެ އަމީތު ސައީދުއެވެ.