މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގައި ބޭންކު އޮފް މޯލްޑިވްސްއިން ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް ދެވަނަ ފަހަރަށް އެ ބޭންކުން ބުނެފިއެވެ.
އެމްއެމްޕީއާރްސީ ކަރަޕްޝަން މައްސަލާގައި ބޭންކުން ޖަވާބުދާރީ ވާން ޖެހޭކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެ ވާހަކަ ތަކާއި ގުޅިގެން ބޭންކުން ބުނީ ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ބޭންކުން ހިންގާފައި ނުވާނެކަމަށެވެ. ބޭންކުން ބުނީ އެމްްއެމްޕީއާރުސީ މައްސަލާގައި ބެންކާއި ގުޅުވައިގެން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އެކަމުގައި ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.
އެމްއެެމްޕީއާރުސީ މައްސަލާގައި މީގެ ކުރިންވެސް ބޭންކުން ވަނީ ބަޔާނެއް ނެރެފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި، މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ބޭންކުން ޖަވާބުދާރީ ވާން ޖެހޭނެކަމަށެވެ. ޔާމީން ވިދާޅުވީ ކްރޮސް ޗެކުތަކެއް އެހެން ބައެއްގެ އެކައުންޓަށް ޖަމާވި ގޮތެއް ބޭންކުން ބުނެދެވެން ޖެހޭނެކަމަށެވެ.