Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަޖްލިސް ޕްރައިމަރީއަށް އެމްޑީޕީން ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ މަޖްލިސް އިންތިހާބަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ނެރުނު އިއްލާނެއްގައި ބުނެފައިވަނީ އެޕާޓީން ބާއްވާ މަޖްލިސް ޕްރައިމަރީއަށް ވާދަކުރުމަށް އިއްޔެއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާ ކެންޑިޑޭޓުން މިހާރުވެސް ދަނީ އެކި ދާއިރާތަކަށް ކެމްޕެއިން ކުރައްވަމުންނެވެ. އަންނަ މަޖްލިސް އިންތިހާބުގައި 87 ދާއިރާއަށް ޕާޓީން ނިކުތުމަށް ވަނީ ނިންމާފައެވެ.

މި ފަހަރުގެ އެމްޑީޕީގެ މަޖްލިސް ޕްރައިމަރީއަށް ޕާޓީގެ ރައީސް ނަޝީދު އާއި ޗެއާޕާސަން ހަސަން ލަޠީފުގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު އާއި ޕާޓީގެ ނައިބު ޗެއާޕާސަން އަލީ ނިޔާޒުވެސް ވާދަ ކުރައްވައެވެ. މީގެ އިތުރުންވެސް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އެކި ދާއިރާތަކުގެ ޕްރައިމަރީގައި ވާދަ ކުރުމަށް ވަނީ ނިންމާފައެވެ.