Last Updated: June 10, 17:47
Wednesday, June 10, 2026
ޚަބަރު

އިންޑިއާގެ މަނަވަރު "ރަނާ" ރާއްޖެ އަތުވެއްޖެ

އިންޑިއާގެ އަސްކަރީ މަނަވަރު "ރަނާ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ "ރަނާ" ރާއްޖެއަށް ކުރާ މި ދަތުރުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް "ރަނާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.