ގދ. ވާދޫގައި އަންހެނަކު ވިހެއުމަށް ފަހު ބާލިދީއަކަށް ލައި އެއްލާލި ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަންހެން ކުއްޖާ މިހާރު ހުޅުމާލެގައި ހުރި ކުޑަކުދިންގެ ސެންޓަރަށް ވަނީ ގެނެވިފައެވެ. އަދި އެ ކުއްޖާ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުއްޖާ އެއްލާލި އަންހެން މީހާއާ ދެކޮޅަށް ދަރިޔަކަށް އިހުމާލުވި ކަމުގެ ތުހުމަތު ކޮށް ފުލުހުން މައްސަލަ ބަލަމުން އަންނަ ނަމަވެސް އޭނާ ހައްޔަރެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އޭނާ އަންހެން ދަރިފުޅު ވިހެއުމަށް ފަހު އެއްލާލީ ކައިވެނިން ބޭރުގައި މާބަނޑުވުމުންނެވެ.