ދިވެހި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިރޭ ޚާއްސަ ޖަލްސާއެއް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. އެމަނިކުފާނު ވަނީ މިދުވަހާ ގުޅިގެން މިއަދު ހެނދުނު ޚާއްސަ ހިތޯބެއްވެސް ރައްޔިތުންނަށް އިއްވާފައެވެ.
ރައީސް ވަނީ އިސްލާމްދީނުގެ އަގީދާއާއި ސިޔާސަތުތަކަށް ދަރިން ކުޑައިރު ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަށް މައިންބަފައިންނަށް އިލްތިމާސް ކުރައްވާފައެވެ.
އަދި އިސްލާމް ދީން ރާއްޖޭގައި ދަމަހައްޓާނެ ކަމަށާއި އެހެން ދީނަކަށް މި ރާއްޖޭގައި ފުރުސަތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެއެވެ.