ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އެމަނިކުފާނުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ނ. ހެނބަދުއަށް ވަޑައިގެންފިއެވެ.
ސަމީރު ހެނބަދު އަށް ވަޑައިގެންނެވީ އެރަށުގެ ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބެއްގެ ގޮތުގައި ބޭފުޅަކު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެރަށުގެ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ފަހު ރައީސްއަށް ދަންނަވައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.