Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

މާލެއިން އިއްޔެ 775 ޓަނުގެ ކުނި ސާފުކުރި: ވެމްކޯ

mihaaru.mv

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ފެއްޓެވި "ސާފު ރާއްޖެ" ކެމްޕޭނުގައި މާލެއިން އެކަނި 775 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޮމްޕެނީ(ވެމްކޯ) އިން ބުނެފިއެވެ.

މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ މިކެމްޕޭނުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ކުންފުނިތަކުގެ މުވައްޒިފުން އަދި އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ.

ރާއްޖެ ސާފުތާހިރުކޮށް ބެހެއްޓުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ހަދައި ވެށި ރިވެތިކުރުމަށް ބާރު އެޅުމުގެ ގޮތުން ފެށި މިކެމްޕޭނުގައި އެއްގަމުގެ އިތުރުން މޫދުވެސް ވަނީ ސާފުކޮށްފައެވެ.

ވެމްކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި ނަގާފައިވާ ކުނީގެ ބޮޑު އިންސައްތައެއް ޕްލާސްޓިކުގެ ގޮތުގައި ހިމެނެއެވެ. ޕްލާސްޓިކު މަދުކުރުމަށް ރައީސް އޮފީހުން ވަނީ ޚާއްސަ ކެމްޕޭނެއް ވެސް ފައްޓަވާފައެވެ. އަދި ބައެއް މިނިސްޓްރީތަކުން ވެސް ވަނީ މިކެމްޕޭނު ފައްޓާފައެވެ.