ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމުގައި ކަރަޕްޝަން ފެތުރިފައި އޮތް މިންވަރުކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެންޓި ކަރަޕްޝަން ދުވަހާއި ގުޅިގެން ގާސިމް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކާއި އެއްފަދައިން، ރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލު.އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ މިންވަރު ބޮޑު ކަމުން ކަމަށެވެ.
"…އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލު. ގައުމުގެ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ނުދެވޭ މައިގަނޑުގެ އަސްލަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މި ނުބައި ވަބާ ފެތުރިފައިވާލެއް ބޮޑުކަމެވެ"
ގާސިމް ވިދާޅުވީ ކަރަޕްޝަން ހުއްޓުވުމަށް ކަރަޕްޝަން ހިންގާ ފަރާތްތައް އެއްވެސް އިސްތިސްނާއެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.