Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިއަކާ އެކު ބަޔަކު ހައްޔަރުކޮށްފި

މިރޭ ހިތަދޫން ފުލހުން އަތުލައިގަތް ބަނގުރާކަމަށް ޝައްކުކުރެވޭ ފުޅި ދައްކާލަނީ. ފޮޓޯ: އައްޑޫލައިވް

ބަނގުރާކަމަށް ޝައްކުކުރެވޭ ފުޅިއަކާއި އެކު ހިތަދޫން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.

މި ރޭ ގާތްގަޑަކަށް 9:30 ހާއިރު ދެމީހުން އަތުލައިގެންފައި ވަނީ ހިތަދޫ ބޮޑު މަގުން ޝީޝާ ދިމާލުން ސައިކަލެއްގައި ދަނިކޮށެވެ.

ފުލުހުން އެ ދެ މީހުން ހައްޔަރު ކުރި މަންޒަރު ވަނީ "އައްޑޫ ލައިވް" ނޫސްވެރިއަކަށް ފެނިފައެވެ. އަދި އެސަރަހައްދުގައި ފުލުހުން ވަނީ އެފުޅި ދައްކާލާފަ އެވެ.
އަދި އެ ދެ މީހުން ވަނީ ހައްޔަރުކޮށްގެން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގޮސްފައެވެ. އެ ދެ މީހުންނަކީ އުމުރުން 20 އާއި 21 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫގައި ކުރިއަށްގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފަ އެވެ. އަދި އައްޑޫގެ ކުށުގެ ވެށި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އާއްމުން ބުނެ އެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު މަރަދޫން ޒުވާނުންތަކެއް ފުލުހުން އާދަޔާހިލާފް ބާރު ބޭނުން ކޮށްގެން ހައްޔަރު ކުރުމާ ގުޅިގެން އައްޑޫގެ މަސްރަހް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.