Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޒީފާއަށްދާ މުވައްޒަފުންނަށް ހިލޭ ސައިކަލް ޕާކް ކުރެވޭ ގޮތް ހަދައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ 700 ސައިކަލް ޕާކް ކުރެވޭނެ ޕާކިން ޒޯނެއް އެއާޕޯޓު މުވައްޒަފުންނަށް ތައްޔާރުކޮށްފައެވެ.

އެމްއޭސީއެލްއިން ބުނީ އެއާޕޯޓު ވަޒީފާއަށްދާ ހުރިހާ މުވައްޒަފުންނަށްވެސް ޕާކިން ޒޯނު ހުޅުވާލާފައިވާ ކަމަށެވެ.

އެއާޕޯޓު މުވައްޒަފުންނަށް ހާއްސަކުރި ޕާކިން ޒޯނު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާްންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، މިއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވަން ސަރުކާރުން ވައުދުވި ވައުދެއްކަމަށެވެ. އައިޝާ ވިދާޅުވީ މި ވައުދާއި އެކު ޓްރާންސްޕޯޓު މިނިސްޓްރީން ފުރަތަމަ 100 ދުވަހަށް އަމާޒުކުރި 15 ވައުދުގެ ތެރެއިން ފަސް ވައުދު ފުއްދުނީ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ މިއަދުން ފެށިގެން ޕާކިން ޒޯން މުވައްޒަފުންނަށް ހުޅުވާލެވޭނެކަމަށެވެ.