Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަށް ޖާބިރު، ރައީސްއަށް "އަމުރު" ކޮށްފި

އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއިލް ވަގުތުން މަގާމުން ދުރުކުރުމަށް އަންގާ އަމުރު ކުރާ ކަމަށް ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އޭނާގެ މަންމައާ ދިމާލަށް ނެތިނުބައި ގޮވާފައިވާ ކަމަށާއި އެހެންކަމުން އޭނާ މަގާމުން ދުރުކުރުމަށް ރައީސްއަށް އަމުރު ކުރާ ކަމަށެވެ. ޖާބިރު މިހެން ވިދާޅުވީ އޭނާގެ އަމިއްލަ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓެއްގައެވެ.
https://twitter.com/chairmanjabir/status/1072034355189448704
ސަރުކާރުގެ ރަސްމީ ބަހެއް މިކަމާ ގުޅޭގޮތުން ނުލިބުނު ނަމަވެސް ޖާބިރު ވަނީ އޭނާއަށް ރައީސްއަށް އަމުރު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ޖާބިރު ވަނީ ރައީސް އިބޫގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އިބްރާހިމް އަމީރެވެ.