Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ނައިބު ރައީސް ފައިސަލް މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް ފައިސަލް މިއަދު މާފުށީ ޖަލުގެ ހާލަތު ބައްލަވައިލައްވަނީ.. ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް މާފުށީ ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް، އެތަނަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ފައިސަލް މިއަދު މާފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު އަރިހުގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.

މީގެ ކުރިން ވެސް، މިނިސްޓަރު ކަމާ ހަވާލުވުމަށް ފަހު، ޖަލުގެ ހާލަތު ބައްލަވައިލެއްވުމަށް އިމްރާން އެ ތަނަށް ވަނީ ވަޑައިގެންފަ އެވެ. އެ މަގާމާއި ހަވާލުވުމުގެ ކުރިން ޝެއިޚް އިމްރާން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މާފުށީ ޖަލުގައި ބަންދުގައި ބަހައްޓާފައެވެ.

ނައިބު ރައީސް މާފުށީ ޖަލުގެ ހާލަތު ބައްލަވައިލެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދޫނިދޫ ޖަލަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ޖަލުތަކަކީ މީހުން އިސްލާހު ކޮށްގެން އާންމުންގެ ތެރެއަށް ނެރޭނެ ތަނަކަށް ބަދަލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.