Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ރައީސް ސޯލިހު ފެރިދޫ އަށް ވަޑައިގެންފި

ރައީސް ސޯލިހު އއ. ފެރިދޫ އަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު އެ އަތޮޅު ފެރިދޫއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ފެރިދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށާއި، ފެރިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި، މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވައި، މި ދެ ރަށުގެ އެކި މުޢައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އއ. ފެރިދޫ އަށް ރައީސް ވަޑައިގެންނެވިއިރު، މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު މާލެއިން ބޭރު ރަށަކަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. އެގޮތުން މީގެ ކުރިން ވަނީ އއ. އުކުޅަހަށާއި ކ. ދިއްފުށްޓަށް ވަޑައިގެންފައެވެ.