Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ހޯދަން ނާހާތި: މިނިސްޓަރު ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް، ފޮޓޯ: ރާއްޖެއެމްވީ

އިކޮނޮމިކް މިނިސްޓްރީގައި ހުންނެވިހާ ހިނދަކު އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްލާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެ ބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު ފައްޔާޒްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ "އަަދި އަޅުގަނޑަކީ އަޅުގަނޑާއި މުއާމަލާތުކުރާ މޭރުމުން އެފަރާތްތަކާއި މުއާމަލާތު ކުރާނެ މީހެއް ކަމަށް ވެސް ދަންނަވަން" މިފަދައިންނެވެ.

އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއިލް ވަގުތުން މަގާމުން ދުރުކުރުމަށް އަންގާ އަމުރު ކުރާ ކަމަށް މިއަދު ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އޭނާގެ މަންމައާ ދިމާލަށް ނެތިނުބައި ގޮވާފައިވާ ކަމަށާއި އެހެންކަމުން އޭނާ މަގާމުން ދުރުކުރުމަށް ރައީސްއަށް އަމުރު ކުރާ ކަމަށެވެ