ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ފުއްދުމަށް 16 ބިލެއް މަޖްލިސްއަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަ ނއިބް އޮފީހުން ބުނެފިއެވެ.
ބަންޑާރަ ނައިބް އޮފީހުން ބުނީ ރައީސްގެ ވައުދު ފުއްދުމަށް އާ ގާނޫނުތައް އުފެއްދުމާއި، ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މަސައްކަތްކޮށް މަޖްލިސްއަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ވައުދު ފުއްދުމަށް މުޅިން އަލަށް ފަސް ބިލެއް އެކުލަވާލަން ޖެހޭ އިރު މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ 11 ބިލާއެކު ޖުމްލަ 16 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ބުނެފައެވެ.
ބަންޑާރަ ނައިބު އޮޮފީހުން ބުނީ ވައުދު ފުއްދުމަށް މިހާތަނަށް ހަ ބިލެއްގެ މަސައްކަތް ނިންމައި، މަޖްލިސްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެން ހުރި ބިލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުންވެސް ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމަށް ހާއްސަ ކޮމެޓީއެއް ވަނީ އުފައްދާފައެވެ.